ގެއްލިގެން ހޯދަމުންދިޔަ އުމުރުން 19 އަހަރުގެ އަންހެން ކުއްޖާ ލޯބިވެރިއާއާއެކު ފިލައިގެން އުޅެނިކޮށް މިއަދު ހޯދައިފި އެވެ.
ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ކ.ގުރައިދޫ މަރިޔަމް ފަރާޝާއެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔަ ކުއްޖަކު މިއަދު ފެނިފައިވަނީ ހަވީރު 5:45 ހާއިރު ވިލިމާލެއިން ކަމަށެވެ.
ދުވަހަށް މައުލޫމާތު ދެމުން އެ ރަށުން ވާހަކަދެއްކި މިހަކު ބުނީ ފަރާޝާއަކީ ކިޔަވަމުން އަންނަ ކުއްޖެއް ކަމަށާއި އާއިލާއިން ގެއްލިގެން ހޯދަން ފަށާފައިވަނީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ. އަދި މިއަދު ފަރާޝާ ފެނުނުއިރު އޭނާ ފިލައިގެން އުޅުނީ އޭނާގެ ލޯބިވެރިޔާއާ އެކުގައި ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވޭ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް