އެސްޓީއޯގެ ބޭސް ފިހާރައެއް ކ.ގުރައިދޫގައި ހުޅުވައިފި

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ކ.ގުރައިދޫގ...

16 Nov 2014 | 14:05

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ކ.ގުރައިދޫގައި އެސްޓީއޯއިން ފާމަސީއެއް ހުޅުވާ ހިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ.

ކ.ގުރައިދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ގުރައިދޫ ފާމަސީ ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމްއާއި، ހެލްތް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމްއެވެ.

އެސްޓީއޯއިން ބުނީ މިއަދު ކ.ގުރައިދޫގައި މިހުޅުވުނު "އެސްޓީއޯ ފާމަސީ ކ.ގުރައިދޫ" އިން އާސަންދައާއިއެކު މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ގުރައިދޫގައި މިހުޅުވުނު ފާމަސީއާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު 46 ބަދަލުވެފައިވާކަމަށްވެސް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން އިތުރަށް ބުނީ މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ލޯކަލް ކައުންސިލް ތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯއިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް