މިއަދު މާލޭގައި ހިންގި މާރާމާރީއަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

އަމީނީމަގާއި ސިއްތިމާވާހިނގުން ގުޅުނު ހަތަރު އަނގޮޅި ސަރަހައްދުގައި ހިންގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި އަދު 15:05 ހާއިރު ހިންގި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބެ...

16 Nov 2014 | 12:00

އަމީނީމަގާއި ސިއްތިމާވާހިނގުން ގުޅުނު ހަތަރު އަނގޮޅި ސަރަހައްދުގައި ހިންގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި އަދު 15:05 ހާއިރު ހިންގި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މާރާމާރީގައި އަނިޔާވި މީހާއަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ބޮލަށް ލިބިފައިވާ ޒަޚަމަތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މާރާ މާރީ ހިންގުމަށްފަހު އޭގެ ތެރެއިން ބަޔަކު ވަނީ ފިލަން ވެގެން ވަޅި ހިފައިގެން ބިލަބޮންގް  ސްކޫލްގެ ތެރެއަށް ވަދެފަ އެވެ. އަދި އެ ވަގުތަކީ ސްކޫލް ބައެއް ކުދިން ކިޔަވާ ނިމުނު ވަގުތު ކަމަށްވުމުން ބައެއް ކުދިން އެކަމާ ބިރުން އުޅުނު ކަމަށްވެސް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް