ކޮމަންވެލްތް ގަބޫލުކުރާ ޔުނިވަސިޓީއަކަށް ވިލާކޮލެޖު ވެއްޖެ

އެސޯސިއޭޝަން ފޯ ކޮމަންވެލްތު ޔުނިވާސިޓީސް (އޭސީޔޫ)ގެ މެންބަރުކަން ވިލާ ކޮލެޖަށް ލިބިއްޖެ އެވެ. ވިލާ ކޮލެޖުން ބުނީ އެކޮލެޖަށް އޭސީޔޫގެ މެންބަރުކަން ލިބުނު ކަމުގެ ސިޓީ ލިބިފައިވަނީ މިދިޔަ ހުކުރު ދުވަަހު...

16 Nov 2014 | 09:53

އެސޯސިއޭޝަން ފޯ ކޮމަންވެލްތު ޔުނިވާސިޓީސް (އޭސީޔޫ)ގެ މެންބަރުކަން ވިލާ ކޮލެޖަށް ލިބިއްޖެ އެވެ.

ވިލާ ކޮލެޖުން ބުނީ އެކޮލެޖަށް އޭސީޔޫގެ މެންބަރުކަން ލިބުނު ކަމުގެ ސިޓީ ލިބިފައިވަނީ މިދިޔަ ހުކުރު ދުވަަހު ކަމަށެވެ.

1913 ވަނަ އަހަރު އުފެދުނު އޭސީޔޫ އަކީ ދުނިޔޭގައި ޔުނިވާސިޓީތަކަށް ހާއްސަ ކޮށްގެން އުފެދުނު މިފަދަ ފުރަތަމަ ޖަމިއްޔާ އެވެ. މި ޖަމިއްޔާގެ މަގުސަދަކީ މެންބަރު ގައުމުތަކަށް ތައުލީމީ ގޮތުންނާއި ތަރައްގީގެ ގޮތުން އެއްބާރުލުން ފޯރުކޮށްދިނުމެވެ.

އޭސީޔޫގެ މެންބަރަކަށްވުމުން އެ އެސޯސިއޭޝަންގެ މެންބަރުންގެ ގޮތުގައި ތިބި ޔުނިވާސިޓީތަކާއެކު ދަރިވަރުންނާއި ސްޓާފުން އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ރިސާޗް ޕްރޮގްރާމްތައް ހިންގުމުގެ މަގު ފަހިވެގެންދާނެ އެވެ.

ކޮމަންވެލްތު ގައުމުތަކުގެ ޔުނިވާސިޓީ ތަކުގެ މައްޗަށް އެކުލެވޭ މި އެސޯސިއޭޝަންގައި ރާއްޖޭގެ ކޮލެޖެއް ހިމެނުނު މިއީ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް