"ކާމިޔާބު 3" އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަށް ރައީސް މައުމޫން ޝުކުރު އަދާ ކުރައްވައިފި

މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން އިންތިޒާމު ކޮށްގެން ބޭއްވި "ކާމިޔާބު 3" ޖަލްސާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސު...

16 Nov 2014 | 09:19

މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން އިންތިޒާމު ކޮށްގެން ބޭއްވި "ކާމިޔާބު 3" ޖަލްސާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ޝުކުރު އަދާ ކުރައްވައިފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޖަލްސާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަށް ރައީސް މައުމޫން ޝުކުރު އަދާ ކުރެއްވީ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

އަދި ޖަލްސާގެ ކަންކަން ފުރިހަމައަށް އިންތިޒާމް ކޮށްފައިވާތީ ޖަލްސާ އިންތިޒާމް ކޮމިޓީއާއި ޕާޓީގެ ކައުންސިލާއި ޕާލަމެންޓަރީ ގްރޫޕާއި އޮފީހުގެ މުވައްޒަފުންނާއި އަދި އެކި ގޮތްގޮތުން އެކަމުގައި އެހީތެރިވި ފަރާތްތަކަށް ރައީސް މައުމޫން ޝުކުރު އަދާ ކުރެއްވި ކަމަށްވެސް ޕީޕީއެމުން ބުނެ އެވެ.

ޕީޕީއެމްގެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރާއި ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕާޓީގެ މުސްތަޒސާރު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްހައްޔޫމްގެ ދެމަފިރިކަނބަލުންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެހީތެރި ކަމަށްވެސް ރައީސް މައުމޫން ޝުކުރު އަދާ ކުރެއްވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް