ސަރުކާރުވަނީ އައިއެސްގެ ގޭންގަކުން ހިސޯރުކޮށްފައި: ނަޝީދު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމުގައި ސަރުކާރު ނުކުޅެދިފައިވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ގުޅިފައިވާ ގޭންގަކުން ސަރުކާރު ހިސޯރުކޮށްފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު...

16 Nov 2014 | 08:23

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމުގައި ސަރުކާރު ނުކުޅެދިފައިވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ގުޅިފައިވާ ގޭންގަކުން ސަރުކާރު ހިސޯރުކޮށްފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިލްވާން ގެއްލުނުތާ މިއަދަށް 100 ދުވަސްވުމާއި ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ 100 ދުވަސްވީރުވެސް ސަރުކާރަށް ރިލްވާން ހޯދިފައި ނުވަނީ އައިއެސްއާއި ގުޅިފައިވާ ގޭންގަކުން ސަރުކާރު ހިސޯރުކޮށްފައި އޮތުމުން ކަމަށެވެ.

"ރިލްވާން ރަހީނުކުރިތާ 100 ދުވަސް. ސަރުކާރު އައިއެސްއައިއެސް އާއި ގުޅިފައިވާ ގޭންގްތަކުން ހިސޯރުކޮށްފައިވާކަމުން، ރިލްވާން ހޯދުމުގައި ސަރުކާރު ވަނީ ނުކުޅެދިފައި،" ނަޝީދު ވިދާޅުވެފައި ވެއެވެ.

https://twitter.com/MohamedNasheed/status/533842009052545024

ރިލްވާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލް އިންނެވެ. ފުލުހުން ބުނީ އަދިވެސް ރިލްވާން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހޯމް މިނިސްޓާ އުމަރު ނަސީރު ވިދާޅުވީ ރިލްވާން ހޯދަން އުނދަގޫވެގެން އުޅެނީ އޭނާ އަކީ ގޭންގަކާއި ގުޅިފައިވާ މީހަކަށް ނުވާތީ ކަމަށެވެ. އަދި އޭނާ ގެއްލިފައިވާ ސަބަބާއި، އޭނާއަށް ވީ ކިހިނެތްކަން އެނގޭނީ ރިލްވާން ފެނުމުން ކަމަށެވެ. އުމަރު މީގެ ކުރިން ވިދާޅުވެފައިވަނީ ރިލްވާން ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރިލްވާން ގެއްލުނު މައްސަލައިގަ މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކުރި އިރު ތިން މީހުން ވަނީ ވަކި ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު ދޫކޮށްލާފައި އެވެ. އަދި ހަތަރުވަނަ މީހާ ވަނީ ގޭބަންދަށް ބަދަލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް