ރައީސް ޔާމީން، ރައީސް މައުމޫންއާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‏ކުރީގެ ރައީސް އަދި ‏‏ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މިހާރުގެ ރައީސް، ‏އަލްއުސްތާޛު މައުމޫން ‏‏ޢަބްދުލްޤައްޔޫމާ ބައްދަލުކުރައ...

16 Nov 2014 | 08:21

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‏ކުރީގެ ރައީސް އަދި ‏‏ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މިހާރުގެ ރައީސް، ‏އަލްއުސްތާޛު މައުމޫން ‏‏ޢަބްދުލްޤައްޔޫމާ ބައްދަލުކުރައްވައިފިއެވެ.‏

ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ.

‏މިބައްދަލުކުރެއްވުމުގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‏‏‏ރައީސްކަމާ ހަވާލުވެވަޑައިގެންތާ މިމަހުގެ 17 ވަނަ ދުވަހަށް އެއްއަހަރު ފުރޭތީ، އެކަމަށްޓަކައި ‏‏ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ސަރުކާރަށް ‏އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ‏‏މަރުޚަބާއާއި ތަޙުނިޔާ ވިދާޅުވި ކަމަށާއި މިބައްދަލުކުރެއްވުމުގައި، ޕީ.ޕީ.އެމްގެ ބައެއް އިސްވެރިންވެސް ‏‏ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް