ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ހަމައެކަނި މީހާ ގޭ ބަންދަށް ބަދަލު ކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް 14 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމަށް ގޭބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް 7 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ.
މީގެ ކުރިން 5 ފަހަރެއްގެ މަތިން އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާއިރު އެ މައްސަލައިގައި ފުލުހުން އިތުރު ބަޔަކުވެސް ހައްޔަރު ކުރިއެވެ ނަމަވެސް ކޯޓުން ވަނީ އެމީހުން ދޫކޮށްލާފަ އެވެ.
ރިލްވާން ގެއްލިގެން ހޯދަމުންދާތާ މިއަދަށް 100 ދުވަސް ވެފައިވާއިރު އޭނާގެ ތަހުގީގުގެ މާބޮޑު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެ އެވެ.
ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލް ތެރޭގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް