ޔޫރޯ ކޮލިފައިން: ފަހަތުންއަރާ އިންގްލެންޑު މޮޅުވެއްޖެ

ޔޫރޯ 2016ގެ ކޮލިފައިންގައި ފަހަތުންއަރާ ސްލޮވޭނިޔާ ބަލިކޮށް އިންގްލެންޑު މޮޅުވެއްޖެއެވެ. ރޭ ވެމްބްލީގައި ކުޅުނުމެޗު ނިމިފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 57 ވަނަ މިނެޓުގައި ސްލޮވޭނިޔާ ލީޑު ނަގާ...

16 Nov 2014 | 04:48

ޔޫރޯ 2016ގެ ކޮލިފައިންގައި ފަހަތުންއަރާ ސްލޮވޭނިޔާ ބަލިކޮށް އިންގްލެންޑު މޮޅުވެއްޖެއެވެ.

ރޭ ވެމްބްލީގައި ކުޅުނުމެޗު ނިމިފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 57 ވަނަ މިނެޓުގައި ސްލޮވޭނިޔާ ލީޑު ނަގާފައިވަނީ އިންގްލެންޑުގެ ޖޯޑަން ހެންޑަރސަން އަތުން ބައިކޮޅަށްވަން ގޯލާއެކުއެވެ.

ނަމަވެސް ވޭން ރޫނީވަނީ މެޗުގެ 59 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުން އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްފައެވެ. ރޭގެ މެޗަކީ ރޫނީ އިންގްލެންޑަށް ކުޅެދިން 100 ވަނަ މެޗެވެ. މިކަމުގެ ޝަރަފުގައި ރޫނީއަށްވަނީ މެޗު ފެށުމުގެ ކުރިން ރަން ކެޕްޓަން ބޭންޑެއް އަރުވާފައެވެ.

އިންގްލެންޑުން ލީޑު ނެގި ގޯލްގެ އިތުރުން 3 ވަނަ ގޯލްވެސް ކާމިޔާބުކޮށްދިނީ އަރސެނަލްގެ ފޯވަރޑް ޑެނީ ވެލްބެކެވެ. ވެލްބެކްވަނީ އެންމެފަހުން އިންގްލެންޑު ކުޅުނު 4 މެޗުން 5 ގޯލްޖަހާފައެވެ.

ޔޫރޯ ކޮލިފައިންގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އިންގްލެންޑުއޮތީ ގްރޫޕް އީ ގެ އެއްވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް