ހެލްތު މިނިސްޓްރީން އިންތިޒާމް ކޮށްގެން، އިންޑިއަން އެންބަސީ އަދި އިންޑިއާގެ ސިމްސް ހޮސްޕިޓަލް އާއި ގުޅިގެން، 4 ސްޕެޝަލިސްޓް ޑޮކްޓަރުންގެ މައްޗަށް އެކުލެވޭ ޓީމަކުން ހިލޭ ޑޮކްޓަރަށް ދެއްކުމުގެ ހާއްސަ ހެލްތް ކޭމްޕެއް ފަށަން ތައްޔާރު ވަމުން އަންނަކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މިކަމާއި ގުޅިގެން އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޭމްޕްގައި ބައިވެރިވާ ޑޮކްޓަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާނީ އަންހެނުންނާއި، ކުޑަކުދިންނާއި، ކަރުންމަތީގެ އަދި ހަމުގެ ޚާއްސަ ޑޮކްޓަރުން ކަމަށެވެ.
އަދި މި މަހު 19 އިން 20 އަށް މިކޭމްޕް ކުރިއަށްދާނީ މާލެ ސިޓީގެ ދަމަނަ ވެށީގައި ކަމަށާއި މިމަހު 21 ވަނަ ދުވަހު މިކޭމްޕް އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައިވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ޑޮކްޓަރަށް ދައްކަވަން ބޭނުންފުޅު ވާ ފަރާތްތަކުން 2014 ނޮވެމްބަރު 17 ވަނަ ދުވަހުގެ ކުރިން އެޕޮއިންޓްމެންޓް ހެއްދެވުމަށް އެދޭ ކަމަށާއި އެޕޮއިންޓްމަންޓް ހެއްދެވުމަށް، މާލޭ ގައި ނަމަ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:15 އިން މެންދުރު 2:30 އަށް ދަމަނަ ވެށީގެ ނަންބަރު 3318901 އަށް ގުޅާ އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށެވެ. އަދި އާއްޑޫ ސިޓީގައި ނަމަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ނަންބަރު 6888672 ގުޅުއްވައިގެން އެޕޮއިންޓްމެންޓް ހެއްދޭނެކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް