އިރާގާއި ސޫރިޔާއަށް ހަނގުރާމައަށް ދާން އުޅުނު 5 މީހަކު މޮރޮކޯ އިން ހައްޔަރުކޮށްފި

އިރާގާއި ސޫރިޔާގެ މަސްރަހުގައި ހިނގަމުން އަންނަ ހަނގުރާމަތަކުގައި ޖިހާދުވުމުގެ ނަމުގައި އެ ދެ ގައުމަށް ދާން މަސައްކަތް ކުރަމުންދިޔަ 5 މީހަކު ހައްޔަރުކޮށްފައިވާކަމަށް މޮރޮކޯގެ ހާރިޖީ ވުޒާރާއިން ހާމަކޮށ...

16 Nov 2014 | 03:06

އިރާގާއި ސޫރިޔާގެ މަސްރަހުގައި ހިނގަމުން އަންނަ ހަނގުރާމަތަކުގައި ޖިހާދުވުމުގެ ނަމުގައި އެ ދެ ގައުމަށް ދާން މަސައްކަތް ކުރަމުންދިޔަ 5 މީހަކު ހައްޔަރުކޮށްފައިވާކަމަށް މޮރޮކޯގެ ހާރިޖީ ވުޒާރާއިން ހާމަކޮށްފި އެވެ.

އެ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިން މީހަކު ހައްޔަރުކުރީ އައިއެސްއާ ގުޅެން ދާން އުޅޭކަމުގެ މައުލޫމާތު ލިބުމުން ކަމަށާއި އަނެއް ދެމީހުން ހައްޔަރުކުރީ މޮރޮކޯގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދިނުމާއި ޖިހާދަށް ދިއުމަށް މީހުންނަށް ހިތްވަރު ދިނުމާއި އަދި އިރާގާއި ސޫރިޔާގައި ކުރާ ހަނގުރާމައިގާ ބައިވެރިވުމަށް އެ ދެމީހުންވެސް ދާން އުޅޭ ކަމުގެ ތުހުމަތުގައި ކަމަށެވެ.

އިރާގާއި ސޫރިޔާގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަށް މޮރޮކޯއިން މިހާތަނަށް 2000 އަށް ވުރެ ގިނަ މީހުން ގޮސްފައިވާކަމަށް މޮރޮކޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް