އުރީދޫ އަދި ގޫގަލް ވޯކްސްޕޭސް އިން އެއްބަސްވުމަކަށް – ދިވެހި ވިޔަފާރިތަކަށް އުފާވެރި ޚަބަރެއް

ގޫގުލް ވޯކްސްޕޭސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ތަޢާރަފްކުރުމަށް އުރީދޫ މޯލްޑިވްސް އިން ގޫގުލް ކްލައުޑާ އެކު ޕާޓްނަރޝިޕެއް ހަދައިފިއެވެ. މި އިނީޝިއޭޓިވްގެ ...

16 Oct 2025 | 16:02
އުރީދޫއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އުރީދޫ މޯލްޑިވްސް

އުރީދޫއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އުރީދޫ މޯލްޑިވްސް

ގޫގުލް ވޯކްސްޕޭސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ތަޢާރަފްކުރުމަށް އުރީދޫ މޯލްޑިވްސް އިން ގޫގުލް

ކްލައުޑާ އެކު ޕާޓްނަރޝިޕެއް ހަދައިފިއެވެ.

މި އިނީޝިއޭޓިވްގެ ސަބަބުން އުރީދޫއިން ވިޔަފާރިތަކަށް

އުފެއްދުންތެރިކަމާއި އެފިޝިއެންސީ އަދި ޓީމް ވޯކް އިތުރުކޮށްދޭ އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް

ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ އަހަންމިއްޔަތު ދައްކުވައިދެ އެވެ.

ގޫގުލް ވޯކްސްޕޭސް އަކީ ކްލައުޑް ބޭސްޑް ޕްލެޓްފޯމެކެވެ.

ޖީމެއިލް މެދުވެރިކޮށް ޕްރޮފެޝަނަލް އީމެއިލް، ގޫގުލް ޑްރައިވް މެދުވެރިކޮށް ރައްކާތެރި

ކްލައުޑް ސްޓޯރޭޖް، ގޫގުލް ޑޮކްސް، ގޫގުލް ޝީޓްސް އަދި ގޫގުލް ސްލައިޑްސް ފަދަ ކޮލަބްރޭޓިވް

ޓޫލްސްތަކުގެ އިތުރުން ގޫގުލް ކަލަންޑަރާ އެކު ޝެޑިއުލް ކުރުމާއި ގޫގުލް މީޓް އަދި

ގޫގުލް ޗެޓް މެދުވެރިކޮށް ވާޗުއަލް މީޓިންތައް މެދުވެރިކޮށް ވިޔަފާރިތައް އިތުރަށް

ހަރުދަނާ، އަވަސް އަދި ރައްކާތެރިކަމާއެކު ކުރިއަށް ގެންދެވޭނެ އެވެ.

ކުންފުނިތަކަށް ލިބޭ ފައިދާ

- ޕާސަނަލައިޒްޑް ބިޒްނަސް އީމެއިލް: ޕްރޮފެޝަނަލް، ބްރޭންޑެޑް

އީމެއިލް އެޑްރެސްތަކާ އެކު ކްރެޑިބިލިޓީ ގާއިމްކުރުން.

- ކޮލަބަރޭޝަން ރަނގަޅުކުރުން: ޑޮކިއުމެންޓްސް، ސްޕްރެޑްޝީޓް،

އަދި ޕްރެޒެންޓޭޝަންތައް ކޮންމެ ތާކުން ވެސް ރިއަލްޓައިމްގައި އެއްބާރުލުންދިނުން.

- ސެކިއުރިޓީ ކްލައުޑް މެނޭޖްމަންޓް: އިންޓެގްރޭޓެޑް ސެކިއުރިޓީ

އަދި ކޮމްޕްލަޔަންސް އެކުލެވިގެންވާ ޑިޕެންޑަބަލް، ކްލައުޑް ބޭސްޑް ޓޫލްސް.

- ސްމޫތު ޕްރޮޑަކްޓިވިޓީ: ޖީމެއިލް، މީޓް، ޑްރައިވް، ޑޮކްސް

އަދި އެނޫންވެސް އެނޫންވެސް ވަސީލަތްތަކަށް ފަސޭހަކަމާއެކު ބަދަލުވުން.

- ރިމޯޓްކޮށް މަސައްކަތް ކުރުން: ކުދި އަދި މެދު ފަންތީގެ

ވިޔަފާރިތަކަށް އެންމެ އެކަށޭނަ އަދި އެފިޝަންޓް ކަމާއެކު މަސައްކަތް ކުރުން. ކުދި

އޮފީސްތަކާއި ބޮޑެތި ވިޔަފާރިތައް

- ލޯކަލް ބިލް އެންޑް އެސިސްޓެންސް: އުރީދޫ މޯލްޑިވްސް

މެދުވެރިކޮށް ރަޖިސްޓްރޭޝަން، ފްލެކްސިބަލް ލައިސަންސިން، ކޮމްޕެޓިޓިވް ރޭޓް، އަދި

ރިލަޔަބަލް ލޯކަލް ސަޕޯޓްގެ ފައިދާ ލިބެނީ

މިކަމާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ

އަދި އެމްޑީ ޚާލިދު އަލް ޙައްމާދީ ވިދާޅުވީ އުރީދޫގެ އަމާޒަކީ މިހާރުގެ ޑިޖިޓަލް މާހައުލުގައި

ރާއްޖޭގެ ވިޔަފާރިތައް ކާމިޔާބު ވުމަށް އެހީތެރިވެދިނުން ކަމަށެވެ.

ގޫގުލް ވޯކްސްޕޭސް ފަދަ ލީޑިން ޓޫލްސްތައް ރާއްޖޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދީ، ކުންފުނިތަކުގެ މަސައްކަތްތައް ކުރާ ގޮތް ބަދަލުކޮށް، އެފިޝިއެންސީ އިތުރުކޮށް، ކަނެކްޓިވިޓީ ހަރުދަނާ ކުރަމުން ގެންދަނީ. މިއީ ޓެކްނޮލޮޖީ އަށް ވުރެ މާ ބޮޑު ކަމެކެވެ. އެއީ ވާދަވެރި ދުނިޔޭގައި ހުރިހާ ސައިޒެއްގެ ވިޔަފާރިތަކަށް ހަގީގީ އަގު ހޯދައިދީ، އެ ވިޔަފާރިތަކުގެ ކުރިއެރުމާއި، އީޖާދީ އަދި ކާމިޔާބީއަށް އެއްބާރުލުން ދިނުން.

އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް

ބިޒްނަސް އޮފިސަރ ރާޖޭޝް މެހެތާ ވިދާޅުވީ ގޫގުލް ވޯކްސްޕޭސްއާ އެކު އުރީދޫ ބިޒްނަސް

މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސްޓާޓްއަޕް އަދި ބޮޑެތި ކުންފުނިތައް

ހިމެނޭ ގޮތަށް ގުޅިގެން މަސައްކަތް ކުރާނެ ގޮތް ބަދަލުކޮށްލާ، މަގްސަދުތައް ހާސިލް

ކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.

އަދި މި ގްލޯބަލް ސޮލިއުޝަން އެއްކޮށްލައިގެން، ރާއްޖޭގެ ވިޔަފާރިތަކަށް ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އިތުބާރުކޮށް އެހީތެރިވެދޭނަން

އޭނާ ވިދާޅުވިއެވެ.

ގޫގުލް ވާކްސްޕޭސް ތައާރަފްކުރުމުގެ ސަބަބުން އުރީދޫ

މޯލްޑިވްސް އިން ވިޔަފާރިތަކަށް ހާއްސަގޫގުލް ވޯކްސްޕޭސް ޕްލޭންތައް ލިބިގެންދާނެއެވެ.

މި އިނީޝިއޭޓިވްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ކުރިއަރަމުން އަންނަ ޑިޖިޓަލް

އިކޮނޮމީގައި ވާދަވެރި، މުސްތަގުބަލަށް ތައްޔާރުވުމަށް އެހީތެރިވެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް