ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ: ދެވަނައަށްވެސް ފެންމަތި ކުރެވުނީ ފުރާނަ ނެތް ހަށިގަނޑު !

ރޭ މެންދަމު ބަންޑުން އާއިލާފުށި ރިސޯޓު ބޭރުން ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާގެ ހަށިގަނޑުވެސް ފެންމަތިކޮށްފިއެވެ. ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިގެން ފެންމަތިކުރި ދެވަނަ ހަށިގަނޑަކީ...

16 Oct 2025 | 12:36
ހާދިސާއަށް ކޯސްޓްގާޑާއި މެރިން ޕޮލިސް އެޓެންޑުވި - ފޮޓޯ: މެރިން ޕޮލިސް

ހާދިސާއަށް ކޯސްޓްގާޑާއި މެރިން ޕޮލިސް އެޓެންޑުވި - ފޮޓޯ: މެރިން ޕޮލިސް

ރޭ މެންދަމު ބަންޑުން އާއިލާފުށި ރިސޯޓު ބޭރުން

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާގެ ހަށިގަނޑުވެސް ފެންމަތިކޮށްފިއެވެ.

ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިގެން ފެންމަތިކުރި

ދެވަނަ ހަށިގަނޑަކީ ސްރީލަންކާއަށް ނިސްބަތްވާ މީހާގެ ހަށިގަނޑެވެ. ނެގި އިރު

ފުރާނަ ނެތްކަމަށް ބުނެފައިވެއެވެ.

އޭގެކުރިން، އެންމެ ފުރަތަމަ ފެންމަތި ކުރެވުނީ ގއ.

ދާންދޫ، ސަރުސޫނުގޭ، އުމުރުން 38 އަހަރުގެ އަހްމަދު ޝިފާންގެ ހަށިގަނޑެވެ.

އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން މިހާރު

ނުފެނި ވަނީ އިންޑިއާއަށް ނިސްބަތްވާ މީހެއްގެ ހަށިގަނޑެވެ.

"އަލްމާކް-ފިޔަ" ނަމަކަށްކިޔާ އެ

ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އެ ކޮޅުވެއްޓީގައި ޖުމުލަ ހަތް މީހަކު ތިއްބެވެ.

އެއީ ހަތަރު ދިވެއްސަކާއި އިންޑިއާގެ ދެ މީހަކާއި ލަންކާ މީހެކެވެ.

ހާދިސާއަށް ކޯސްޓްގާޑާއި މެރިން ޕޮލިސް އެޓެންޑުވިއިރު

ތިން މީހަކު ވަނީ ގެއްލިފައެވެ. ގެއްލުނީ އެ ކޮޅުވެއްޓީގައި އުފުލަމުންދިޔަ

އެކްސްކަވޭޓަރެއްގެ ތެރޭގައި ތިބި ދެމީހަކާއި އިތުރު މީހެކެވެ.

ހާދިސާއިން ސަލާމަތް ކުރެވުނު ހަތަރު މީހުންގެ

ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި އިންޑިއާ މީހެކެވެ. ސަލާމަތް ކުރެވުނު މީހުންގެ

ތެރެއިން އެކެއްގެ ކޮނޑުހުޅަށް އަނެކެއްގެ މޭކަށިގަނޑަށް އަނިޔާ ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް