ނަސްރު ބޯޓު މުދަލާއެކު ގާތްގަނޑަކަށް އަޑީގައި – ކޯސްޓްގާޑުން ގެންދިޔަ ޕަމްޕު ސްޓާޓްވުން އިންތިހާ ލަސްވި ކަމުގެ ޝަކުވާ !

މާލޭ ނޯތު ހާބަރުން ބަރުކޮށްގެން ފުރި "ނަސްރު ބޯޓު" ދިޔަވެ ގާތްގަނޑަކަށް އަޑިއަށް ގޮސްފިއެވެ. ނައިފަރަށް މިސްރާބުކުރި ނަސްރު ބޯޓު މިހާރު އޮތީ އަލިގާ ބޭރުން ގާތްގަނޑަކަށް ތިން ހަތަރު މޭލު ބޭރުގައެވެ. އެ...

16 Oct 2025 | 10:06
ނަސްރުބޯޓު ދިޔަވެ އަޑިއަށް ދަނި -

ނަސްރުބޯޓު ދިޔަވެ އަޑިއަށް ދަނި -

މާލޭ ނޯތު ހާބަރުން ބަރުކޮށްގެން ފުރި "ނަސްރު

ބޯޓު" ދިޔަވެ ގާތްގަނޑަކަށް އަޑިއަށް ގޮސްފިއެވެ.

ނައިފަރަށް މިސްރާބުކުރި ނަސްރު ބޯޓު މިހާރު އޮތީ

އަލިގާ ބޭރުން ގާތްގަނޑަކަށް ތިން ހަތަރު މޭލު ބޭރުގައެވެ.

އެމްއެންޑީއެފުން މީޑިއާތަކަށް މަޢުލޫމާތުދެމުން ބުނެފައިވަނީ

މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ

ބޯޓެއް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން

ހަރަކާތްތެރިވެ، އެ ބޯޓުން ދަތުރުކުރަމުންދިޔަ ފަސް ފަޅުވެރިން ވަނީ ކޯސްޓްގާޑް ހާބަރ

ކްރާފްޓަށް ނަގާފައިވާކަމަށެވެ.

ދުވަހަށް މަޢުލޫމާތު ހިއްސާކުރަމުން އޮޑީގެ ފަރާތުން

މީހަކު ބުނީ ދިޔަވާން ފެށިތާ މާ ގިނަ އިރެއްނުވެ ކޯސްޓްގާޑު އޮޑިއާއި ހަމައަށް

ފޯރި ކަމަށާއި ނަމަވެސް ކޯސްޓްގާޑުގައި ހުރި ޕަމްޕު ސްޓާޓު ނުކުރެވި އެތައް އިރެއް

ހޭދަވި ކަމަށެވެ.

"އަދިވެސް ފެންމަތީގައި އޮތީ، ދިރުނބާކޮޅު

އޮތީ މަތީގައި، ކޮންމެވެސް ގޮތަކުން، ދަމާފަވިޔަސް ނައިފަރަށް ގެންދެވޭތޯ ބަލަން މަސައްކަތް

މި ކުރަނީ" އޮޑީގެ ފަރާތުން ދުވަހަށް މަޢުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ރާއްޖެ ސަރަހައްދުގައި

މޫސުން ގޯސްވެފައިވާއިރު ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް

މެޓުންނާއި ފުލުހުންނާއި ސިފައިންވެސް އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް