އެފްއޭކަޕް: އީސަގެ ހެޓްރިކާއެކު އީގަލްސް ސެމީއަށް

އިސްމާއީލް އީސަ (މެސީ) ގެ ހެޓްރިކާއެކު އީގަލްސް އެފްއޭކަޕްކެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. ރޭ އެފްއޭ ކަޕްގެ ކުއާޓާފައިނަލްގައި އީގަލްސް އަދި ބީޖީ ސްޕޯރޓްސް ކުލަބު ބައްދަލުކުރި މެޗު ނިމިފައިވަނީ 3-...

16 Oct 2014 | 10:16

އިސްމާއީލް އީސަ (މެސީ) ގެ ހެޓްރިކާއެކު އީގަލްސް އެފްއޭކަޕްކެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ އެފްއޭ ކަޕްގެ ކުއާޓާފައިނަލްގައި އީގަލްސް އަދި ބީޖީ ސްޕޯރޓްސް ކުލަބު ބައްދަލުކުރި މެޗު ނިމިފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ 3 ގޯލްވެސް އީގަލްސްއަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް އީސަ (މެސީ) އެވެ.

މެޗުގައި އީގަލްސްއަށް ލީޑު ނެގުމަށް މާގިނައިރެއް ނުނަގައެވެ. ލިބުނު ކޯނަރގެ ބޭނުން އެންމެ އެދެވޭ ގޮތުގައިހިފާ މެޗުގެ 8 ވަނަ މިނެޓުގައި އީގަލްސްގެ ފުރަތަމަ ގޯލް އީސަ ކާމިޔާބުކޮށްދިނެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އީގަލްސްއިންވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. އީސަ އޭނަގެ ހެޓްރިކް ފުރިހަމަ ކުރީ 79ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ.

އީގަލްސް ސެމީފައިނަލްގައި ނިކުންނަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއެންޓާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް