މާލެ ސިޓީގެ ތޮށްޖެހުން ކުޑަކޮށް، ޓްރެފިކް މައްސަލަތަކަށް ލުޔެއް ހޯދުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުން ބޭވުނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
އެގޮތުން މި ބައްދަލުވުމުގައި، މާލޭގެ މަގުތަކުގެ ބާރުބޮޑުވެ އުޅަނދުފަހަރު ދުއްވުމުގެ އިތުރުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މާލޭގެ މަގުތަކުގައި އިތުރަށް ޖާގަހެދުމާއި އަދި ބާރުބޮޑުވެ، އުޅަނދުފަހަރު ދުއްވުމުގައި ހިނގާބިނގާ އުޅޭ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާގުޅޭގޮތުން ވެސް ނައިބް ރައީސް އާއި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މަގުހުރަސް ކުރުމާ ގުޅޭގޮތުން، ފުލުހުން ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތުގެ ސަބަބުން ރަނގަޅު ބަދަލުތަކެއް ފެންނަންފަށާފައިވާކަމަށް ނައިބް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ކަމާބެހޭ މުއައްސަސާތަކާއި ރައީސް އޮފީހުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް