ނަޝީދުގެ އެމްއާރުއައިއެއް ހަދައިދިނުމަށް މިނިސްޓަރު އަރިހުގައި ތަކުރާރުކޮށް އެދެފި

ޖަލުގައި ހުކުމް ތަންފީޒް ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްއާރުއައި ސްކޭނެއް ހެދުމަށް ތަކުރާރުކޮށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން، ހޯމް މިނިސްޓަރު އަރިހުގައި އެދިއްޖެ އެވެ. ވަކީލު...

16 Sep 2015 | 13:39

ޖަލުގައި ހުކުމް ތަންފީޒް ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްއާރުއައި ސްކޭނެއް ހެދުމަށް ތަކުރާރުކޮށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން، ހޯމް މިނިސްޓަރު އަރިހުގައި އެދިއްޖެ އެވެ.

ވަކީލުންގެ ޓީމުން މިކަމަށް ތަކުރާރުކޮށް އެދިފައިވަނީ އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީ ހަސަން ލަތީފު ސޮއި ކުރައްވާ ހޯމް މިނިސްޓަރު އުމަރު ނަސީރަށް މިއަދު ފޮނުއްވެވި ސިޓީއެއްގަ އެވެ. މީގެ ކުރިންވެސް ވަނީ ރައީސް ނަޝީދުގެ އޮފީހުން ހޯމް މިނިސްޓަރު އަރިހުގައި މިކަމަށް އެދިފަ އެވެ. 

" އެ ސިޓީގައި ޑޮކްޓަރު ލަފާ ދެއްވާފައިވާ ގޮތަށް ރައީސް މުޙައްމަދު ނަޝީދުގެ އެމް.އާރު.އައި ސްކޭން ހެއްދެވުމަށް އެކިފަހަރު މަތިން އެދިވަޑައިގެންނެވި ނަމަވެސް އެ ސްކޭން ހެއްދެވުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާކަން ވަނީ ފާހަގަ ކުރައްވާފަ، އަދި ރައީސް މުޙާއްމަދު ނަޝީދުގެ ސިއްޙީ ކަންކަމުގައި ސަރުކާރުން އިހުމާލު ވަމުންދާ ކަމުގައިވެސް ސިޓީގައި ފާހަގަ ކުރައްވާފައިވޭ" ރައީސް ނަޝީދުގެ އޮފީހުން މައުލޫމާތު ދެ އެވެ.

އެ އޮފީހުން ބުނީ އޮގަސްޓު 19 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ރައީސް މުޙައްމަދު ނަޝީދަށް ފަރުވާ ދެއްވުމަށްފަހު ޑޮކްޓަރު ލަފާ ދެއްވާފައިވަނީ ގެ ފަދަ ސްޓްރެސް ފްރީ މާޙައުލެއްގައި އަރާމު ކުރެއްވުމަށް ކަމަށާއި އަދި ދެ ހަފްތާއަށް ފަހު އަލުން އެމް.އާރު.އައި ސްކޭން ހެދުމަށް ކަމަށެވެ. އަދި އެމަނިކުފާނަށް އިތުރަށް ދެއްވާނެ ފަރުވާ ދެނެގަނެވޭނީ އެމް.އާރު.އައި ސްކޭން ހެދުމަށްފަހު ކަމުގައި ޑޮކްޓަރު ލަފާ ދެއްވާފައިވާއިރު ދެ ހަފްތާގެ މުއްދަތު މިމަހުގެ ދެ ވަނަ ދުވަހު ހަމަވެފައި ވާކަމަށްވެސް ރައީސް ނަޝީދުގެ އޮފީހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް