ތިމަރަފުށީގައި ވަޅިން ހަމަލާދީ ދެމީހަކު ޒަހަމްކޮށްލައިފި

ތ. ތިމަރަފުށީގައި މިރޭ ހިންގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ ދެމީހަކު ޒަހަމްކޮށްލައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި އެ ރަށުގައި މާރާމާރީއެއް ހިންގައިގެން އުޅޭކަ...

16 Aug 2019 | 17:34

ތ. ތިމަރަފުށީގައި މިރޭ ހިންގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ ދެމީހަކު ޒަހަމްކޮށްލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި އެ ރަށުގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމަށް މިރޭ 09:11 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

"މި މާރާމާރީ ހިންގާފައިވަނީ އެ ރަށުގެ ދެ ގްރޫޕެއްގެ ދެމެދުގައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މާރާމާރީގައި ދެމީހަކަށް ވަޅިން ހަމަލާދީފައިވެއެވެ. ދެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދެމީހުންނާއި 21 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް