މާލޭގެ އަބޮޑު ސަރަހައްދުތަކުން ބިން ވިއްކަން ސަރުކާރުން ނިންމި ސަބަބު ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވެ ދެއްވައިފި އެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންނަށް ލާބަޔާ މަންފާ ލިބެނިވި ކަންކަމަށް ރައްޔިތުންގެ ހަޒާނާ މުއްސަނދި ކުރުމަށް ކަމަށެވެ. އަދި އެކަން ކުރަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
"މާލެ އިން ބިން ވިއްކަން ހުޅުވާލީ ރައްޔިތުންނަށް ލާބައާއި މަންފާ ލިބެނިވި ކަންކަމަށް ރައްޔިތުންގެ ހަޒާނާ މުއްސަނދި ކުރުމަށް، ގާނޫނީ އުމުގެ ތެރެއިން." މުއިޒު ވިދާޅުފަ އެވެ.
https://twitter.com/MMuizzu/status/897745176004771840?ref_src=twsrc%5Etfw&ref_url=https%3A%2F%2Fsun.mv%2F93483%2F%3Futm_source%3Ddesktop%26utm_medium%3Dcpc%26utm_campaign%3DdesktopNotifications
މާލޭގެ އެންމެ އަގު ބޮޑު ތިން ހިސާބަކުން 19 ބިމެއް ވިއްކަން ހައުސިން މިނިސްޓްރީން އިއުލާނު ކުރީ އިއްޔެ އެވެ. އެކަމަކު އެ ބިންތަކުގެ ބޮޑު ބިނެއް އަދި އަގެއް އިއުލާނެއް ނުކުރެއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، ވިއްކަނީ އޯކިޑްމަގު މާފަންނުއާގެއިން ދައުލަތަށް ނެގި ބައި، މ. ދަންޑެހެލުގެ ކިޔާ ބިމުން ތިން ގޯއްޗާއި ބޮޑުތަކުރުފާނު މަގުގައި ކުރީގެ ކުނިކޮށިން ހަ ގޯތި އަދި އެ މަގުގައި ވިލާ ކޮލެޖާ ޖެހިގެން ހުޅަނގަށް ހުންނަ އެސްޓީއޯއިން ރެޑީ މިކްސް ކޮންކްރީޓް ތައްޔާރުކުރާ 378 ނަންބަރު ކޮށިން 10 ގޯއްޗެވެ.
އެ ބިންތައް ގަތުމަށް ބޭނުންވާ ފަރާތްތަކަށް މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް