ތިން މައްސަލައެއްގައި ތިން ރަށެއްގެ ތިން ޒުވާނަކު ހޯދަން އިއުލާނު ކޮށްފި

ތަފާތު ތިން މައްސަލައެއްގައި ތިން ރަށަކަށް ނިސްބަތްވާ ތިން ޒުވާނަކު ހޯދަން، ފުލުހުން އިއުލާނު ކޮށްފި އެވެ. މި ތިން މީހުން ހޯދަމުންދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަ...

16 Aug 2017 | 10:15

ތަފާތު ތިން މައްސަލައެއްގައި ތިން ރަށަކަށް ނިސްބަތްވާ ތިން ޒުވާނަކު ހޯދަން، ފުލުހުން އިއުލާނު ކޮށްފި އެވެ. މި ތިން މީހުން ހޯދަމުންދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ކ. ކާށިދޫ، ދަފްތަރު ނަންބަރު 02،  އިބްރާހިމް ނިޔާޒް (32އ) އާއި ނ. މާފަރު، ސިމްލާހައުސް، މުޙައްމަދު ޢަބްދުލްމަޖީދު (24އ) އަދި ލ. އިސްދޫ، ދޫރެސް، މަޢުޞޫމު ފަހުމީ، (36އ)  ކަމަށެވެ.

"މީހުންގެ ތެރެއިން އިބްރާހިމް ނިޔާޒް ހޯދަމުންދަނީ 2017 މެއި 06 ވަނަ ދުވަހުގެ ވަގުތެއްގައި ޝަމީމް ނަމަކަށްކިޔާ ކޮޅުވެއްޓިއަކުން ވައްކަންކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މުޙައްމަދު ޢަބްދުލްމަޖީދު ހޯދަމުންދަނީ 2017 ޖޫން 6 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެންނެވެ. އަދި މައުޞޫމް ފަހުމީ ހޯދަމުންދަނީ 2017 ޖޫން 14 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ތަޙުޤީޤު ކުރަމުންދާ ޗެކް ބައުންސް މައްސަލައަކާ ގުޅިގެންނެވެ." ފުލުހުން ހާމަކުރެ އެވެ.

މި ތިން މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް