އޭސް ހާޑުވެއާއިން ވިއްކާ ހާޑްވެއާ ސާމާނަށް ހާއްސަކޮށްގެން ތަފާތު އިވެންޓެއް ބާއްވަން ނިންމައިފި އެވެ.
މި އިވެންޓު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު 4:00 6:00 އަށް އާޓިފިޝަލް ބީޗުގައި އެވެ.
އެ ފިހާރައިން ބުނީ މި އިވެންޓުގައި އެތަނުން ވިއްކާ ތަފާތު ވައްތަރުގެ ހާޑްވެއާ ސާމާނު އެކި އަގުތަކުގައި ލިބެން ހުންނާނެ ކަމަށެވެ. އަދި އާންމުކޮށް ވިއްކާ އަގަށްވުރެ ހެޔޮކޮށް އެތަނުން ގަންނަ ލިބޭނެ ކަމަށް ބުނެ އެވެ.
އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ކުރިޔަން ގެންދަން ނިންމާފައިވަނީ ތޮރުފުމުގެ މުބާރާތެކެވެ، އޭސް ހާޑުވެއާއިން ބުނީ އެ ދުވަހު ހަވީރު ކުރިޔަށް ގެންދާ މުބާރާތުގައި 30 ސިކުންތުގެ ތެރޭގައި އެންމެ ގިނަ ހޮރު ތޮރުފޭ މީހަކަށް އެ ކުންފުނިން އެންމެ ފަހުން ތައާރަފު ކުރި ވަޔަލެސް ބުރުމާއެއް ހިލޭ ލިބޭނެ ކަމަށެވެ.
އޭސް ހާޑްވެއާގެ ހަރަކާތުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކެއްގެ އިތުރުން ތަފާތު ހަދިޔާ ހިލޭ ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް