އެމްއެމްއޭގެ ގަވަރުނަރު ކަމަށް އާ ބޭފުޅަކު އައްޔަން ކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އެ މަގާމަށް މ. ލަކްސްލިން، ނީޒާ އިމާދު އައްޔަން ކުރައްވަން ފެނޭތޯ ބަލަން ރުހުން ހޯދުމަށް މަޖިލީހަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.
ނީޒާ އަކީ އެމްއެމްއޭގެ އެސިސްޓަންޠް ގަވަރުނަރެވެ. އަދި އެތަނުގެ ބޯޑު ޑައިރެކްޓަރެކެވެ. މީގެ އިތުރުން އެމްއެމްއޭގެ ފައިނޭންޝަލް ސްޓެބިލިޓީ ބައިގެ ވެރިޔާވެސް މެ އެވެ.
ނީޒާ އަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން މަސްއޫދު އިމާދާއި މި ސަރުކާރުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދުގެ ކޮއްކޮ އެކެވެ.
ނީޒާ އެ މަގާމަށް އައްޔަން ކުރަން ނިންމީ ގަވަރުނަރުގެ މަގާމުގައި ހުންނެވި ޑރ އަޒީމާ އާދަމް އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރައްވާ ނިންމަވާ މަގާމުން މިއަދު އިސްތިއުފާދެއްވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް