މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ދަރިވަރުންނަށް ހާއްސަކޮށްގެން ދިރާގުގެ ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.
މި ޕެކޭޖަށް ދީފައިވާ ނަމަކީ "ޔުނިފްލެކްސް" އެވެ.
މި ޕެކޭޖުގެ އަގަކީ 149 ރުފިޔާއެވެ. ދިރާގުން ބުނީ ޕެކޭޖު ނެގުމުން ތިން ޖީބީ ހިލޭ ޑޭޓާ، 4000 ހިލޭ މިނިޓްސް އަދި 1000 އެސްއެމްއެސް ލިބޭނެ ކަމަށެވެ.
ކޮންމެ ދަރިވަރަކަށް ވެސް އެ ޕެކޭޖު ނެގުމުން އިތުރު ދެ ސިމް ހިލޭ ލިބޭނެ އެވެ. އޭގެން ކޮންމެ ސިމެއްގައި 600 ހިލޭ މިނިޓް ހިމަނާފައިވެ އެވެ. އަދި އެ ޕެކޭޖު ނެގުމުން ދަރިވަރުން ކިޔެވުމުގައި ބޭނުން ކުރާ އެންމެ މުހިއްމު އެއް ވެބްސައިޓް ވިކިޕީޑިއާ އާއި އެމްއެންޔޫގެ ވެބްސައިޓް އަދި މޫޑުލްއަށް ޑޭޓާ ބޭނުން ނުކޮށް ވަދެވޭނެ އެވެ.
ދިރާގުން ބުނީ އެ ޕެކޭޖު ތައާރަފް ކޮށްފައި ވަނީ، އެމްއެންޔޫގެ ދަރިވަރުންގެ ޔުނިވާސިޓީ ހަޔާތް ފަސޭހަކޮށްދޭން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް