އިނގިރޭސިވިލާތުގެ ވިސާއަށް އެދޭ ފޯމް ބަލައިގެންނަން ފަށައިފި

ތައުލީމު ހާސިލް ކުރުމަށާއި އެހެނިހެން ބޭނުންތަކުގައި އިނގިރޭސިވިލާތަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ކޮންމެ އަހަރަކު ހުޅުވާ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރު ހުޅުވައިފި އެވެ. މި ސެންޓަރު ހުޅުވ...

16 Aug 2017 | 04:00

ތައުލީމު ހާސިލް ކުރުމަށާއި އެހެނިހެން ބޭނުންތަކުގައި އިނގިރޭސިވިލާތަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ކޮންމެ އަހަރަކު ހުޅުވާ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރު ހުޅުވައިފި އެވެ.

މި ސެންޓަރު ހުޅުވާފައިވަނީ ފޮރިން މިނިސްޓްރީގައި އެވެ. އެ މިނިސްޓްރީން ބުނީ ފޯމް ބަލައިގަތުން ކުރިޔަށް ދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 ން ހަވީރު 5:00 އަށް ކަމަށެވެ.

އިނގިރޭސި ވިސާއަށް އެދިހުށަހެޅުމަށް ޓަކައި އަހަރަކު އެއްފަހަރު ވަގުތީ ސެންޓަރެއް ގާއިމުކުރަނީ، އިނގިރޭސިވިލާތުގައި އުޅޭ ދިވެހީންނަށް ވީހާ ވެސް ލުއިފަސޭހަކޮށް އެކަންކަންހަމަޖައްސައި ދިނުމަށްކަމަށް ޚާރިޖީ ވުޒާރާ އިން ބުންޏެވެ. އެގޮތުން އަހަރަކު އެއްފަހަރު ހުޅުވާލާ މިފަދަ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް އެ ވުޒާރާއިން އިލްތިމާސްކުރެ އެވެ.

މިދިޔަ އަހަރު ހުޅުވި ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރު މެދުވެރިކޮށް 31 ފަރާތަކުން ފޯމް ހުށަހަޅާފައިވެ އެވެ.

ދެ ދުވަހުގެ މުއްދަތަށް އެ  ސެންޓަރުން ހިދުމަތް ދިންކަމުގައިވިޔަސް  ބޭނުންނަމަ ލަންކާ ނުވަތަ އިންޑިއާށް ގޮސްގެން އިނގިރޭސިވިލާތަށް ދިއުމަށް ދިވެހިންނަށް ވިސާއަށް އެދެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް