ދިވެހި ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ކަންކަން ހަމަޖެއްސުމަށް ދިވެހި ހައްޖު އޮފީސް ގާއިމްކޮށްފި އެވެ.
މި އޮފީސް ހުޅުވާފައިވަނީ މައްކާގައި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި އޮފީސް މެދުވެރިކޮށް ހައްޖުވެރިންނަށް ރަސްމީ ހައިސިއްޔަތުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި ހައްޖާޖީންނަށް އެހީތެރިކަމެއް ބޭނުން ވެއްޖެ ނަމަ އެ އެހީއެއް ފޯރުކޮށްދޭނެ އެވެ.
އާންމުކޮށް ކޮންމެ އަހަރަކު މި އޮފީހުގެ އޮފިޝަލުން ދިވެހި ހައްޖާޖީން ތިބޭ ހޮޓާތަކަށް ގޮސް ޖަމާއަތްތަކުން ފޯރުކޮށްދޭން ބުނި ފެންވަރުގައި ހިދުމަތް ދެމުން ދޭތޯ ބަލަ އެވެ.
މިއަހަރު ރާއްޖެއިން 1،000 މީހުން ހައްޖަށް ދިޔަ އެވެ. އެހުރިހާ އެންމެން މިހާރު މައްކާއަށް ގޮސްފައިވާ ކަމަށާއި ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މިއަހަރު ރާއްޖެއިން ހަތަރު ޖަމާއަތެއްގެ ހަވާލުގައި މީހުން ހައްޖަށް ގޮސްފައިވާ އިރު ހަތަރު ޖަމާއަތުގެ މީހުން ތިބޭނީ ވަރަށް ކައިރި ކައިރީގައި ހުންނަ ހޮޓާތަކުގައި އެވެ. އަދި ހުރިހާ ހައްޖާޖީން އަރަފާތުގައި ތިބޭނީވެސް ކައިރީގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް