އެއްދުވަހާ 31 ހައްޖާޖީން މަރުވެއްޖެ، މަރުވި ސަބަބެއް ނޭނގެ!

ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާގެ މާތް ވެގެންވާ މައްކާގައި މިވަގުތު ތިބި 31 ހައްޖާޖީއަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ސައުދީ ޕްރެސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައ...

16 Aug 2017 | 02:30

ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާގެ މާތް ވެގެންވާ މައްކާގައި މިވަގުތު ތިބި 31 ހައްޖާޖީއަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ސައުދީ ޕްރެސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ ބޭރު ގައުމުތަކުގެ ހައްޖާޖީންނެވެ. އެކަމަކު އެމީހުން މަރުވީ ކޮންތާކު ކަމެއް ކީއްވެ ކަމެއް ކަމާ ބެހޭ ފަރާތްތަކުން ހާމަ ނުކުރާ ކަމަށް ބުނެފައިވެ އެވެ.

އެ އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުރިހާ ހައްޖާޖީންވެސް މަރުވީ އާދިއްތަ ދުވަހު އެވެ.

މަސްޖިދުލް ހަރާމް ތެރޭގައި 2015 ވަނަ އަހަރުގެ ހައްޖު މޫސުމުގައި ހިނގި ކެރޭނެ ވެއްޓުމުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމުން ހައްޖަުގެ ސަލާމަތީ ކަންކަން ވަނީ ސައުދީ ސަރުކާރުން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. އެހާބޮޑަށް ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވަނިކޮށް މިފަދަ ހާދިސާއެއް ހިނގަން މެދުވެރިވީ ކީއްވެ ކަމެއް ނޭނގެ އެވެ.

މިހާތަނަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާއަށް 620,000 ހައްޖާޖީން ގޮސްފައިވެ އެވެ. ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ހާމަ ކުރާގޮތުގައި މިއަހަރު ހައްޖުގެ އަޅުކަމަށް އެ ގައުމުންނާއި ބޭރު ގައުމުތަކުން ގާތްގަނޑަކަށް ދެ މިިލިއަނާއި ހަތަރު މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް