ޝްރައްދާ ކަޕޫރު ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހު ރިލީޒް ކުރާ “ހަސީނާ ޕާކާ” އިންނެވެ. އެ ފިލްމު ރިލީޒްވުމުގެ ކުރިން މިހާރު ޝްރައްދާ ވަނީ މުހިންމު އަދި އުންމީދީ ފިލްމަކަށް ސޮއިކޮށްފަ އެވެ.
އެ ފިލްމަކީ މިހާތަނަށް ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު "ބާހުބަލީ 2" ގެ ތަރި ޕްރަބާސްގެ ފުރަތަމަ ހިންދީ ފިލްމެވެ. އެންމެވެސް ބަލަން ބޭނުންވީ މި ފިލްމުގައި ޕްރަބާސް އާއި އެކު ލީޑްރޯލު ކުޅޭނެ އަންހެން ތަރިއަކަށް ވާނީ ކާކުކަމެވެ.
އޭނާގެ ފުރަތަމަ ހިންދީ ފިލްމުގެ ނަމަކީ "ސާހޯ" އެވެ.
މި ފިލްމުގައި ޕްރަބާސް އާއި އެކު ލީޑް ރޯލު ކުޅުމަށް ކެޓްރީނާ ކެއިފް، އަނުޝްކާ ޝެޓީ މެންފަދަ ތަރިންނާއި ވާހަކަދައްކާފައިވެ އެވެ. އެކަމަކު ކުއްލި ގޮތަކަށް ޝްރައްދާ ކަޕޫރާއި އެކު އެގްރިމެންޓުގައި ސޮއި ކުރި ހަބަރު ލިބުމުން ގިނަޔަ ބަޔަކަށް ހައިރާންކަން ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޝްރައްދާއަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑު ބޮޑު، އެންމެ ކާމިޔާބު އަންހެން ތަރި އެވެ. އަދި ޝްރައްދާ ކުޅޭ ގިނަ ފިލްމުތައް ފްލޮޕް ވިޔަސް އޭނާއަށް ފިލްމެއް ނުލިބިގެން ހުންނަން ނުޖެހޭ ކަމަށް ބުނެފައިވެ އެވެ.
މިހާތަނަށް ޝްރައްދާ 13 ފިލްމަކުން ފެނިފައިވާއިރު އޭނަ ލީޑްރޯލް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ކާމިޔާބުވެފައިވަނީ 'އޭކް ވިލަން" "އާޝިގީ 2" ފަދަ މަދު ފިލްމެކެވެ.
އާންމުކޮށް ގައިގޯޅި މަންޒަރުތައް ހިމެނޭ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ޝްރައްދާ “ހަސީނާ ޕާކާ” ގައި ފެނިގެންދާނީ ވަރަށް ތަފާތު ރޯލަކުންނެވެ. ގޭންގު ލީޑަރެއްގެ ކޮއްކޮއެއްގެ ރޯލުން ޝްރައްދާ އެ ފިލްމުގައި ފެނިގެންދާއިރު އެއީ މިހާތަނަށް އޭނާއަށް ކުޅެވުނު އެންމެ ހިތްހަމަ ޖެހޭ ފިލްމު ކަމަށް ޝްރައްދާ ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް