ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީނު ފުރިހަމަކުރި 100 ދަރިވަރުންނަށް ސެޓްފިކެޓް ދީފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އާއި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) ގުޅިގެން ބޭއްވި ބޭސިކް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި 100 ދަރިވަރު ލީޑަރުންނަށ...

16 Jul 2026 | 04:18
N/A

N/A

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އާއި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) ގުޅިގެން ބޭއްވި ބޭސިކް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި 100 ދަރިވަރު ލީޑަރުންނަށް ސެޓްފިކެޓް ދީފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ހަތަރު ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ތަމްރީނުގައި، ދަތި ހާލަތްތަކުގައި ވަގުތުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުނަރު ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ. އަދި ފަންނީ އެހީތެރިކަން ބޭނުންވާ ފަދަ ހާލަތްތައް ދެނެގަތުމުގެ ޤާބިލުކަންވެސް ދަރިވަރުންނަށް ދަސްކޮށްދީފައިވާ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ވިދާޅުވީ، ދަތި ދަނޑިވަޅުތަކުގައި އެއްބައިވަންތަކަމާއި ހަމްދަރުދީއާއެކު ޢަމަލުކުރެވޭނެ ޔުނިވަރސިޓީ ކޮމިއުނިޓީއެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ދަރިވަރު ލީޑަރުންނަށް މި ހުނަރު ދަސްކޮށްދިނުމުގެ ސަބަބުން ރައްކާތެރި އެހީތެރި ކެމްޕަހެއް ބިނާކުރުމުގެ ޤާބިލުކަން ޔުނިވަރސިޓީން ވަރުގަދަކުރަމުންދާ ކަމަށް އެ ރަސްމިއްޔާތުގައި ބަޔާންކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް