ތިނަދޫ އިން މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފި

ގދ. ތިނަދޫ އިން މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެއްޗާއި އެކު ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ، އެމީހާ ހައްޔަރުކޮ...

16 Jul 2019 | 06:02

ގދ. ތިނަދޫ އިން މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާއި އެކު ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ އެމީހާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓެއް ފެނުމާއި ގުޅިގެންނެވެ.

މި މީހާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު 18:27 ހާއިރު ކަމަށް ފުލުހުން އިތުރަށް ވިދާޅުވިއެވެ.

މި މައްސަލަ ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް