އީއައިބީން ރާއްޖެއަށް 349 މިލިއަން ރުފިޔާގެ ލޯނެއް ދީފި

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިން ރާއްޖެއަށް349.5 މިލިއަން ރުފިޔާ (22.6 މިލިއަން ޑޮލަރު) ގެ ލޯނު ދީފި އެވެ. މި އެހީ އާއި ރާއްޖޭގެ ފަރާތުން ހަވާލުވެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވ...

16 Jun 2020 | 08:01

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިން ރާއްޖެއަށް349.5 މިލިއަން ރުފިޔާ (22.6 މިލިއަން ޑޮލަރު) ގެ ލޯނު ދީފި އެވެ.

މި އެހީ އާއި ރާއްޖޭގެ ފަރާތުން ހަވާލުވެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

އީއައިބީން ނެރުނު ބަޔާނެއްގައި ބުނީ މިއީ، ރާއްޖޭގެ އިގްތިސާދު ކުރިއަރުވުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދިން ލޯނެއް ކަމަށެވެ. އެ ޖަމިއްޔާއިން ބުނީ މި ލޯނުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހަލުވިކަމާއެކު ކުރިއަރައި ދިވެހިންގެ ވަޒީފާތައް ދެމެހެއްޓުމަށް އެހީއަކަށް ވާނެ ކަމަށެވެ.

މި ލޯނު، ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށެވެ.

މިއީ އޭޝިޔާގެ ގައުމު ތަކަށް ކޯވިޑް-19 އިގެ ސަބަބުން ލިބެމުންދާ ގެއްލުން ތަކުން އަރައިގަތުމަށް އެހީވުމަށް އީއައިބީން އިއުލާނު ކުރި 5.2 ބިލިއަން ޔޫރޯގެ ލޯނު އެހީގެ ދަށުން ދިން އެހީ އެކެވެ.

ކޯވިޑް-19 އިގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ގެއްލުމަށް ލުއި ކޮށްދޭން ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖެއް ތައާރަފުކޮށްފަ އެވެ. އަދި ބޭރުން ގިނަ އެހީ ތަކެއް ހޯދަން ވެސް މަސައްކަތް ކުރެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މިހާތަނަށް 290 މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ލިބިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް