N/A
ވ. އަލިމަތީ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ފަސް އިޓަލީ ޑައިވަރުން ނިޔާވި ހާދިސާގައި، އެ ފަސް މީހުންނާ އެކު ފީނަން ތައްޔާރުވެ، ސާމާނު އަޅައިގެން ހުރެ، އެންމެ ފަހު ވަގުތު ފެނަށް ނުފައިބަން ނިންމި ހަ ވަނަ ޑައިވަރެއްގެ ވާހަކަ ފެންމަތިވެއްޖެއެވެ.
އިޓަލީގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވާ ގޮތުގައި، އެ އަންހެން މީހާ އަކީ ޖެނޯއާ ޔުނިވަރސިޓީގެ ދަރިވަރެކެވެ. ބުރާސްފަތި ދުވަހު ހެނދުނު ފީނަން ރެޑީވެ، ސާމާނު ތައްޔާރުކޮށްގެން ހުރެ، އެންމެ ފަހު ވަގުތު ޑައިވިނަށް ނުދާން ނިންމައި "ޑިއުކް އޮފް ޔޯކް" ބޯޓުގައި މަޑު ކުރީއެވެ. ޑައިވިނަށް ނުދާން ނިންމި ސަބަބެއް އަދި ހާމައެއް ނުވެއެވެ. އޭނާގެ ނަން ވެސް ޢާންމެއް ނުކުރެއެވެ.
ބާކީ ފަސް ޑައިވަރުން ގާތްގަނޑަކަށް 50 މީޓަރު (165 ފޫޓު) ފުނަށް ހޮހޮޅައިގެ ތެރެއަށް ފީނަން ދިޔައީ އެ ހިސާބުންނެވެ. އެކަކު ވެސް އެނބުރި ނައެވެ.
އިޓަލީ ނޫސްތައް ސިފަ ކުރާ ގޮތުގައި އޭނާ އަކީ "އެ ދުވަހުގެ ހަމައެކަނި ސީދާ ސަވައިވާ" އެވެ. އަދި "ހާދިސާގެ ފަހު ވަގުތުތައް ރީކޮންސްޓްރަކްޓް ކުރުމުގެ ކީ ވިޓްނެސް" ގެ ގޮތުގައި ވެސް ސިފަ ކޮށްފައި ވެއެވެ. ތަޙުޤީޤަށް އެހީ ދިނުމަށް ފަހު، ހުކުރު ދުވަހު އޭނާ ވަނީ ޢާއިލާ ކައިރިއަށް އިޓަލީ އަށް ފުރައިގެން ގޮސްފައެވެ.
މި ހާދިސާ އާ ގުޅޭ ގޮތުން ތަޙުޤީޤުން ބޮޑެތި ސުވާލުތަކެއް ވެސް ވަނީ ފެންމަތި ވެފައެވެ. އެ ގޮތުން ރާއްޖޭގެ ޤާނޫނު ބުނާ ގޮތުން ކޭވް އަށް ފީނާ ނަމަ ލޯކަލް ގައިޑެއް ހުންނަން ޖެހޭ އިރު، މި ގުރޫޕާ އެކު ލޯކަލް ގައިޑެއް ނެތް ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ކޭވް ޑައިވިން ގައި މިސްރާބު ގެއްލުން ހުއްޓުވުމަށް ބޭނުން ކުރާ ޚާއްޞަ ވާ ފަށެއް ("އެރިއެޑްނީސް ތްރެޑް") ބޭނުން ކުރިތޯ ވެސް ތަޙުޤީޤުގައި ބަލަމުންދާ ކަމަށް ވެއެވެ.
ނިޔާވި ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯނޭގެ ފިރިމީހާ ކާރލޯ ސޮމައްކަލް ވަނީ، ފަރުވާ ކުޑަ ކޮށް ޢަމަލު ކުރީ ކަމުގެ ތުހުމަތުތައް ދޮގު ކޮށްފައެވެ. އޭނާ ބުނީ މޮނިކާ އަކީ ކޮންމެ ޑައިވެއް ކުރުމުގެ ކުރިން ރިސްކު ވަރަށް ފަރުވާތެރިކަމާ އެކު ވަޒަން ކުރާ "ޑިސިޕްލިންޑް ޑައިވަރެއް" ކަމަށެވެ. ޖެނޯއާ ޔުނިވަރސިޓީ އިން ވެސް ވަނީ މި ޑައިވު އަކީ ޔުނިވަރސިޓީގެ ރަސްމީ ސައިންޓިފިކް މިޝަންގެ ބައެއް ނޫން ކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް