N/A
ވ. އަތޮޅު އަލިމަތީ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވް ކުރަނިކޮށް ހާލު ދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މަހުދީގެ ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ފުރާނަ ސަލާމަތެއް ނުކުރެވުނެވެ.
މި ހާދިސާ ހިނގީ، ހޮހޮޅައިގެ ތިން ޗެމްބަރުގެ ތެރެއިން ތިން ވަނަ ޗެމްބަރު ބެލުމަށް މިއަދު ހިންގި ޑައިވް ތެރޭގައެވެ. ހުކުރު ދުވަހު ދެ ޗެމްބަރު ބެލި ނަމަވެސް ގެއްލުނު ހަތަރު ޑައިވަރުންގެ ތެރެއިން އެކަކު ވެސް ފެނިފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހު ފަސް އިޓަލީ ފަތުރުވެރިން މި ހޮހޮޅައިގެ ތެރެއަށް ގާތްގަނޑަކަށް 50 މީޓަރު (165 ފޫޓު) ފުނަށް ފީނައިގެން ގޮސް އެނބުރި ނައެވެ. މިހާތަނަށް ފެނިފައި ވަނީ އެކެއްގެ ހަށިގަނޑެވެ.
މާތް ﷲ މަރުޙޫމް ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާ އަށް ކެތްތެރިކަން ދެއްވާށިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް