N/A
ވ. އަތޮޅުގައި ގެއްލުނު ހަތަރު އިޓަލީ ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ފީނި ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި ވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން އިތުރު ތަފްޞީލެއް އަދި ހާމައެއް ނުކުރެއެވެ.
މިއީ ވ. އަލިމަތީ ކައިރީ ކަނޑު އަޑީ ހޮހޮޅައެއް ތެރެއަށް ފީނައިގެން ދިޔަ ފަސް އިޓަލީ ފަތުރުވެރިންގެ ތެރެއިން ބާކީ ހަތަރު މީހުންގެ ހަށިގަނޑު ހޯދުމަށް ހިންގާ ހައި-ރިސްކް އޮޕަރޭޝަނެކެވެ. އިޓަލީ ޚާރިޖީ ވުޒާރާ އިން ބުނެފައި ވާ ގޮތުގައި ހޮހޮޅައިގައި ހަނި ދޭތެރެ ތަކުން ގުޅިފައި ވާ ތިން ޗެމްބަރު ހުރެއެވެ. ހުކުރު ދުވަހު ދެ ޗެމްބަރު ބެލި ނަމަވެސް އެކަކު ވެސް ފެނިފައެއް ނުވެއެވެ. މިއަދު ތިން ވަނަ ޗެމްބަރު ބެލުމުގެ މަސައްކަތް ކުރިއަށް ދިޔައީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް