ލުތުފަރު މަރާލީ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނެ: ފުލުހުން

ލުތުފަރު މަރާލީ އެއްޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތުކޮށް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ށ. ޅައިމަގުގައި ލުތުފަރު ކިޔާ ބިދޭސީއަކު މަރާލިކަން ފަޅާއެރީ، މިދިޔަ މަހުގެ 22 ވަނަ ދުވަހު އޭނާ ގެއްލިގ...

16 May 2019 | 10:25

ލުތުފަރު މަރާލީ އެއްޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތުކޮށް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ށ. ޅައިމަގުގައި ލުތުފަރު ކިޔާ ބިދޭސީއަކު މަރާލިކަން ފަޅާއެރީ، މިދިޔަ މަހުގެ 22 ވަނަ ދުވަހު އޭނާ ގެއްލިގެން ހޯދަން ފެށުމުން އެ ރަށު މީހަކު އެ މައްސަލަ ފުލުހަށް ހުށަހަޅުމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ މިނި ކަށިތަކެއް ކަނޑުގެ އަޑިން ފުލުހުން ހޯދި ކަމަށެވެ. އަދި ލުތުފަރު މަރާލުމުގައި އުޅުނީ ތިން ބިދޭސީއަކު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި އޭނާއާ އެކު އެއް ބޯޓެއްގައި މަސައްކަތް ކުރަން އުޅުނު ހަތަރު ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް