އައްސޭރި ޖަލުގައި ހުރި ބާ ތަކެތި ނީލަންކިޔަނީ

ހިންމަފުށީ އައްސޭރި ޖަލުގައި ހުރި ބާ ތަކެތި ނީލަން ކިޔަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ނިންމައިފިއެވެ. އެ އިދާރާއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އައްސޭރި ޖަލުގައި ބާ ވެފައިހުރި ބަ...

16 May 2019 | 06:34

ހިންމަފުށީ އައްސޭރި ޖަލުގައި ހުރި ބާ ތަކެތި ނީލަން ކިޔަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ނިންމައިފިއެވެ.

އެ އިދާރާއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އައްސޭރި ޖަލުގައި ބާ ވެފައިހުރި ބައެއްތަކެތި ނީލަންކިއުން ހިންމަފުށީ ޖަލުގައި އޮންނާނެ ކަމަށެވެ. އެހެން ކަމުން، ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަށް ހިންމަފުށީ ޖަލަށް ހާޟިރުވުމަށް އެ އިދާރާއިން ވަނީ ދައުވަތު އަރުވާފައެވެ.

ނީލަން ކުރިއަށް ދާނީ 23 މެއި 2019 ވާ ބުރާސްފަތި ދުވަހު 10:30 ގައެވެ.

މީގެ އިތުރުން، ނީލަމުން ނެގޭތަކެތި ވަގުތުން ފައިސާދެއްކުމަށްފަހު 5 ދުވަހުގެ ތެރޭގައި ޖަލު ސަރަހައްދުން ނެރެންވާނެ ކަމަށް ވެސް އެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް