ހިތްގައިމު މާހައުލެއްގައި ރޯދަ ވީލުމެއް ބޭނުންވާނަމަ، އެ ފުރުސަތު މިއޮތީއެވެ. މިއަދު ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މި ގެނެސްދެނީ ވަރަށް ހިތްގައިމު ރެސްޓޯރެންޓެއް ކަމަށްވާ ކްއިންޓް ރެސްޓޯރެންޓެވެ. މިތަނުގެ ކާ އެއްޗެހީގެ މީރު ވާހަކަ މިތަނަށް ކާން ދާ ކޮންމެ މީހެއްވެސް އުފަލާ އެކީ ދައްކައެވެ. މި ރެސްޓޯރެންޓް ހުންނަނީ އިއްޒުއްދީން މަގުގައެވެ. މި ރެސްޓޯރެންޓަކީ ބެންކޮކް ގެ ކްއިންޓް ރެސްޓޯރެންޓްގެ ފްރެންޗައިޒް އެކެވެ.
ކްއިންޓްގެ އިފްތަރް މެނޫ އަށް ބަލާލާއިރު އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހަށް ހާއްސަކުރެވިފައި ވަނީ އެއް މެނޫ އެކެވެ. މި ރޯދަ މަހުގެ ކޮންމެ ހޯމަ އަދި ބުދަ ދުވަކަށް ހާއްސަ ކުރެވިފައިވަނީ ވަކި މެނޫއެކެވެ. މީގެ އިތުރުން ހުކުރު އަދި ހޮނިހިރު ދުވަހަށް ވެސް ވަކި ހާއްސަ މެނޫ އެއް، ތަފާތު އެކި ބާވަތްތަކާއި އެކު އެކުލެވިގެންވެއެވެ. މި ރެސްޓޯރެންޓުން ކޮންމެ ބޭފުޅަކަށް ވެސް 188 ރުފިޔާ އަށް ރޯދަ ވީއްލޭނެއެވެ. ރިޒަވޭޝަން ހެއްދެވުމަށް 7371818 މި ނަމްބަރަށް ގުޅުއްވާލައްވާށެވެ.
މިހާ ހިސާބުން މި ރެސްޓޯރެންޓްގެ މެނޫ ހިއްސާކޮށްލާނަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް