ޓްރާންސްޕޯޓް މިނިސްޓްރީއަށް ޕީއެސްއަކު އައްޔަން ކުރައްވައިިފި

މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަނުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އަބްދުﷲ ފަޔާޒް އައްޔަން ކުރައްވައިފިއެވެ. މިއަދު ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފަޔާޒް އ...

16 Apr 2019 | 12:09

މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަނުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އަބްދުﷲ ފަޔާޒް އައްޔަން ކުރައްވައިފިއެވެ.

މިއަދު ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފަޔާޒް އަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.

ފަޔާޒަކީ ހިންގުމުގެ ދާއިރާގައި 11 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހަ އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރުގެ އެކި ވަޒީފާތަކުގައި މަސައްކތަް ކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ޓެކްނިކަލް އެޑްވައިޒަރުގެ މަގާމު އަދި، މޯލްޑިވްސް ބިލްޑިންގް އެންޑް ކޮންސްޓްރަކްޝަންގެ ބޯޑު މެންބަރުކަމުގެ އިތުރުން ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑާއި ވޯކްސް ކޯޕަރޭޝަން ބޯޑުގެ މެންބަރުކަން ވެސް އަދާކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް