ކޯވިޑް-19: ރާއްޖެއިން އެންމެ ބޭނުންވާ ތަކެތީގެ ލިސްޓެއް ޗައިނާއިން ހޯދައިފި

ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން މިވަގުތު ބޭނުންވާ ތަކެތީގެ ލިސްޓެއް ހޯދާފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޒާން ލިއޮން ވިދާޅުވެއްޖެ އެވެ. ފޮރ...

16 Mar 2020 | 09:01

ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން މިވަގުތު ބޭނުންވާ ތަކެތީގެ ލިސްޓެއް ހޯދާފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޒާން ލިއޮން ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްތަރު އަބްދުﷲ ޝާހިދާއި ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ޒާން ވިދާޅުވީ ރާއްޖެ އިން ކޮރޯނާވައިރަސް ފެނިފައިވާ އިރު އެ ނުރައްކަލުން އަރައިގަތުމަށް ރާއްޖެ އިން އެންމެ ބޮޑަށް ބޭނުންވާ ތަކެތީގެ ތަފްސީލީ ލިސްޓެއް އެކުލަވާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ރާއްޖެއަށް އެހީވުމުގެ ގޮތުން ކުރިޔަށް ގެންދާ މަސައްކަތުގެ ފެށުން ކަމަށެވެ.

އިތުރަށް ވިދާޅުވީ ކުރިޔަށް އޮތްތާ މީގެ މާ ބޮޑު ކުރިއެރުންތައް ފެންނާނެ ކަމަށެވެ. ޗައިނާ ސަފީރު ވަނީ މި ދަނޑިވަޅުގައި ދިވެހިންނާއި ސަރުކާރުން ޗައިނާއަށް ދެމުންދާ ހިއްވަރާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

https://twitter.com/AmbassadorZhang/status/1239120719956463616

މި ބައްދަލުވުމަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާ އަކީ އިތުރުބާރު ކުރެވޭ ގައުމެއް ކަމަށެވެ. އަދި އެންމެ ބޭނުންވާ ވަގުތު އެހީތެރިވާ އަގުހުރި ރަހުމަތްތެރިއެއްގެ ގޮތުގައި ޝާހިދު ޗައިނާ ސިފަކުރައްވާފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ހުއްޓުވަން ކުރާ މަސައްކަތަށް ޗައިނާ އިން އެހީވުމާ މެދު ތަފުސީލީ ގޮތެއްގައި މަޝްވަރާ ކޮށްފައި މި ވަނީ އެ ގައުމުން ރާއްޖެ އަށް އެހީވާން އުޅުމުން އެކަން ދިވެހި ސަރުކާރުން ބަލައިނުގަތް ކަަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކެއް ޗައިނާގެ ސަފީރު ދޮގު ކުރަައްވާފައި ވަނިކޮށެވެ.

ޗައިނާއިން ރާއްޖެއަށް އެހީގެ ގޮތުގައި ދޭނެ ތަކެތީގެ ލިސްޓެއް ނެގި އިރު އިންޑިއާއިން ވަނީ މެޑިކަލް ޓީމަކާއި ތިން މަހަށް ވާވަރަށް ބޭސް ހަދިޔާ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް