ޑިންގީއަކުން ޖެހި ފަތުރުވެރިއަކަށް އަނިޔާވެއްޖެ

ފީނަން ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގާ ޑިންގީއަކުން ޖެހި އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި އެއީ ބ. ދަރަވަންދޫ ގެސްޓް ހައުސްއަކަށް އައިސް އުޅޭ ...

16 Mar 2019 | 11:44

ފީނަން ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގާ ޑިންގީއަކުން ޖެހި އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެއީ ބ. ދަރަވަންދޫ ގެސްޓް ހައުސްއަކަށް އައިސް އުޅޭ ޖަރުމަނަށް ނިސްބަތްވާ 25 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ.

ޑިންގީއަކުން ޖެހި އަނިޔާ ލިބުމުން ފަރުވާ ދެމުން އަންނަނީ ދަރަވަންދޫ ހެލްތު ސެންޓަރުގައި ކަމަށް ބުނެފައިވެއެވެ. އަދި މިކަން ރިޕޯޓްކޮށްފައިވަނީ މެންދުރު 12:15ގައި ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް