ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރި ޕާޓީ ޑްރަގްސްތަކެއް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
އެ އިދާރާއިން ބުނީ މިތަކެތި އަތުލައިގެންފަ ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ބަންގްލަދޭޝްއިން ރާއްޖެ އައި އެ ގައުމުގެ މީހެއްގެ ފޮށީ ތެރެއިން ކަމަށެވެ. އެއީ26 އަހަރުގެ ފިރިހެނެކެވެ.
ކަސްޓަމްސްއިން ބުނީ އޭނާގެ ދަބަހުން ޕާޓީ ޑްރަގްސްގެ ވައްތަރެއް ކަމަށްވާ އެމްޕެޓަމިންގެ1932 ގުޅަ ފެނިފައިވާ ކަމަށެވެ.
ކަސްޓަމްސްއިން ބުނީ އެތަކެތީގެ މަގުމަތީ އަގު193،200،00 ރުފިޔާއަށް އަރާ ކަމަށެވެ.
މި މައްސަލައިގަ ހިފެހެއްޓި ބަންގްލަދޭޝް މީހާ އާއި ޕާޓީ ޑްރަގްސްތައް ކަސްޓަމްސްއިން ވަނީ ތަހުގީގަށް ފުލުހުންނާއި ހަވާލުކޮށްފަ އެވެ.
މި ފަހަކަށް އައިސް އެކި ގޮތްގޮތުން ރާއްޖެއަށް ޕާޓީ ޑްރަގްސް އެތެރެ ކުރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ޕޯސްޓު މެދުވެރިކޮށް އަންނަ ޕާރްސަލްތަކުގައިވެސް ޕާޓީ ޑްރަގްސް އެތެރެކުރަން މަސައްކަތް ކުރަނިކޮށް ވަނީ ފަޅާ އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް