މި ފެށުނު އައު އަހަރާއި ދިމާކޮށް ރާއްޖެ އޮންލައިން (ROL) އިން ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން ރާއްޖެ އޮންލައިންގެ ޕްރޮޑަކްޓް މެނޭޖަރ މުހައްމަދު މުއައްޛިން ވިދާޅުވީ މި ޕްރޮމޯޝަނަކީ ރާއްޖެ އޮންލައިންގެ ވިއުގައާއި ގުޅިވަޑައިގެން، ދުވެލި ބާރު، ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތެއް ތަޖުރިބާ ކޮށްލަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް، އަގު ހެޔޮ، އިތުބާރު ހިފޭ ހިދުމަތެއް ދިނުން، އަދި އަޅުގަނޑުމެންނާ ކަސްޓަމަރުންނާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް އިތުބާރު ބޮޑުކުރުން" އޭނާ ވިދާޅުވިއެވެ.
މި ޕްރޮމޯޝަންގައި ރާއްޖެއޮންލައިނުން ނަގާ ކޮންމެ ގިގަފައި ހޯމް ފައިބަރ ކަނެކްޝަނަކާއެކު، ފައިބަރ ހުރި ގޭގެއަށް ގުޅައިދިނުން މުޅިން ހިލޭ ކުރިއަށް ދާނެ ކަމަށާއި އަދި ކަނެކްޝަނަށް ކަނޑައެޅިފައިވާ ޔޫޒޭޖް އެލަވަންސްގެ އިތުރުން 20 ޖީބީ ހިލޭ ލިބިލައްވާނެ ކަމުގައިވެސް ރާއްޖެ އޮންލައިނުން ބުނެއެވެ.
ރާއްޖެ އޮންލައިނަކީ 17 އަހަރުގެ ތަޖުރިބާއާއެކު، ރާއްޖޭގެ ގިނަ ފަރާތްތަކެއްގެ މަގުބޫލުކަން ހޯދާފައިވަ ކުންފުންޏެކެވެ. ޒަމާނުގެ އެންމެ ފެންވަރު ރަނގަޅު ފައިބަރ ބްރޯންޑްބޭންޑްގެ ހިދުމަތުގެ އެހީގައި، ރާއްޖެ އޮންލައިން ދަނީ ރާއްޖޭގެ ހަލަބޮލި މުވާސަލާތީ ސިނާއަތުގައި ބޮޑު ކުރިއެރުންތަކެއް ހޯދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް