ލައިސަންސް ނެތި ސައިކަލް ދުއްވި ދެމީހަކު އެކްސިޑެންޓު ވެއްޖެއެވެ.
މީީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ހުޅުމާލެ ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ދެ ސައިކަލުން އެއް ސައިކަލު ޔޫ ޓާން އެއް ނަގަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.
އެ އެކްސިޑެންޓް ހިނގައިގެން އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ، ރޭ 10:41 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުވި އެއް ސައިކަލު ދުއްވަން އިނީ އުމުރުން 39 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެ ސައިކަލުގެ ފަހަތުގައި 40 އަހަރުގެ ދިވެހި އަންހެނަކު އިން ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން ބުނީ އެކްސިޑެންޓުވި އަނެއް ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ދެ ސައިކަލު ދުއްވަން ތިބި ދެމީހުން އަތުގައިވެސް ލައިސަންސް ނޯންނަ ކަމަށާއި އެދެމީހުން ދުއްވި ސައިކަލުތައް ޓޯކޮށް ދެމީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް