ބ. އޭދަފުށީ މިސްކިތެއްގެ ހަރިންމަ ފާރަށް ކާރެއް އަރައި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސިފައިންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިއަދު ހެނދުނު 10:35 ހާއިރު ބ. އޭދަފުށި މަސްޖިދު ޔޫސުފް މިސްކިތުގެ ހަރިންމަ ފާރަށް ކާރެއް އަރާ އެކްސިޑެންޓެއް ހިނގާފައިވާކަމަށެވެ.
ފުލުހުން ބުނެފައިވަނީ އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. ހަރިންމަ ފާރުގެ ބައެއް ވަނީ ވެއްޓިފައި ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ދުއްވަން އިނީ ވަގުތީ ލައިސަންސް ލިބިފައިވާ އުމުރުން 39 އަހަރުގެ ފިރިހެނެއް ކަމަށާއި ކަމަށާއި އެ ސީނަށް ފުލުހުން އެޓެންޑްވެފައިވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް