ކައުންސިލުތައް ބާރުވެރިކުރުވާ އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

ކައުންސިލުތައް ބާރުވެރިކުރުވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ. ކްރޮސް ރޯޑު މޯލްޑިވްސްގައި މިއަދު ފެށި ކައުންސިލަރުންގެ މަހާސިންތާގައި ރައީސް ތަސްދީ...

15 Dec 2019 | 10:30

ކައުންސިލުތައް ބާރުވެރިކުރުވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

ކްރޮސް ރޯޑު މޯލްޑިވްސްގައި މިއަދު ފެށި ކައުންސިލަރުންގެ މަހާސިންތާގައި ރައީސް ތަސްދީގު ކުރެއްވި އިރު، ލޯކަލް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބެއެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި އެންމެ ބޮޑު އެއްބަދަލަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމާއި ކައުންސިލްތަކުގެ ތިން އަހަރުގެ ދައުރު ފަސް އަހަރަށް ބަދަލު ކުރުމެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ 33 ޕަސެންޓަކީ އަންހެނުން ކަމުގައި ކަނޑައެޅުމަށްވެސް އެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް