މުހިންމު ބިލުތަކަކަށް ވޯޓަށް ނާހައި މަޖިލީސް ޗުއްޓީއަށް ގޮސްފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ނިންމައި މެންބަރުން ޗުއްޓިއަށް ވަޑައިގެންފި އެވެ. މިއަދު އޮތީ މިއަހަރުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާއެވެ. މިއަދު ޖަލްސާއަށް ހައްޖަށް ދާން...

15 Dec 2018 | 13:22

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ނިންމައި މެންބަރުން ޗުއްޓިއަށް ވަޑައިގެންފި އެވެ.

މިއަދު އޮތީ މިއަހަރުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާއެވެ. މިއަދު ޖަލްސާއަށް ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ފާސް ކުރުމަށާއި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ބާ ކައުންސިލެއް އުފެއްދުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓަށް އެހުމަށް އޮތީ އެޖެންޑާކޮށްފަ އޮތެވެ.

ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ތިން ބިލަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރަން ލާޒިމްކުރާ ބިލްތަކެއް ކަމަށެވެ. އެހެންވެ، ބިލްތަކަށް ވޯޓަށް އެހޭނީ ގާނޫނުއަސާސީގައި ބުނާ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށާއި އެ އަދަދަށް މަޖިލީހުގެ ތަޅުމުގައި މެމްބަރުން ވަޑައިގެން ނެތް ކަމަށެވެ.

މަޖިލީހުގައި އެވަގުތު ހާޒިރުވެ ތިއްބެވީ އެންމެ 39 މެމްބަރުންނެވެ.

ގާސިމް ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް