ގާނޫނުގެ ބާރު އެންމެންގެ މައްޗަށް ހިނގާނެ: އިމްރާން

ގާނޫނުގެ ބާރު އެންމެންގެ މައްޗަށް ހިނގާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަ...

15 Dec 2018 | 08:40

ގާނޫނުގެ ބާރު އެންމެންގެ މައްޗަށް ހިނގާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާނެ ކަމަށާއި ގާނޫނުގެ ބާރު އެންމެންގެ މައްޗަށް ހިނގާނެ ކަމަށެވެ. އަދި ކުރެވޭ ތުހުމަތު ތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

ޝެއިހް އިމްރާން މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގަވާއިދާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް  ބުނެ ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ސުވާލު ކުރުމަށް ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުވާން އަންގާފައި ވަނިކޮށެވެ.

https://twitter.com/ShimranAb/status/1073853737033056257

އިމްރާން ވިދާޅުވީ ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ހޯދުމާއި، ރައްޔިތުންގެ މާލިއްޔަތުން ގެއްލިފައިވާ ފައިސާތައް އަނބުރާ ހޯދުމަކީ އަމާޒެއް ކަމަށެވެ.

ޔާމީން ފުލުހަށް މިއަދު ހާޒިރު ކުރާއިރު، އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ވެސް ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހިފަހައްޓައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް