ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކުގެ ނަމަަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަންނަ ހަފްތާއަށް އެ ބަގީޗާގެ ނަން ކުރީގެ ނަމަށް ބަދަލު ކުރުމާއި ގުޅޭ މަޝްވަރާ ކުރުމަށް ތާވަލު ކޮށްފައިވާ ކަމަށެވެ. ޝިފާގެ ޓުވީޓުގައި ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކްގެ ނަމަށް ބަދަލުކުރާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވި އެވެ.
ރާއްޖޭގައި އޮތް ރަސްކަން، 1968 ގައި ނިމުމާ އެކު އޭރު ގަނޑުވަރު ހުރި ތަން ބަދަލުކުރީ ސަލްޓަން ޕާކަށެވެ. އެތަނުގައި ހުރި އިމާރާތްތަކުގެ ތެރެއިން ބެހެއްޓީ ހަމައެކަނި "މަތިގެކޮޅު" އެކަންޏެވެ.
އެ ނަން ރަސްރަނި ބަގީޗާއަށް ބަދަލު ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ. އެ ބަގީޗާގެ ނަން ބަދަލުކޮށް ޒަމާނީ ބަދަލުތަކާއި އެކު ހުޅުވައިދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.
މިހާރު އެތަނުގައި ވިންޓަ ތީމް ޕާކަކާއި ދެ ބުރިއަކަށް ވާ ގޮތަށް ހުންނަ ބޮޑު ފެންއަރުވާ ވަޑާމަކާއި ޓްރީ ހައުސް ބްރިޖަކާއި ގްރީން ޓަނަލް ފަދަ، ހިތްގައިމު ތަފާތު ތަންތަން ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް