ވެރިކަމުގައި އޮވެ ވެރިކަން ކުރާ ޕާޓީ އެމްޑީޕީން އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް އެއްވާން ގޮވާލައިފި އެވެ.
އެމްޑީޕީގެ ސެކްރެޓޭރިއަޓުން ބުނީ ޔާމީންގެ ސަރުކާރުގައި ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ވައްކަންތައް ހަނދާން ކޮށްދިނުމުގެ ގޮތުން އަޑު އުފުލުމަށް އެއްވުމެއް މިއަދު އޮންނާނެ ކަމަށެވެ. އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މެންދުރު 1:00ގައި އެމްޑީޕީ ހަރުގެ ކުރިމަތީގައި އެވެ.
https://twitter.com/MDPSecretariat/status/1073644510100344832
އެ ޕާޓީން އެއްވުން ބާއްވަން ނިންމާފައި މިވަނީ މިއަދު މެންދުރު ފަހު 2:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަން ޗިޓު ފޮނުވާފައިވަނިކޮށެވެ. ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ވަޑައިގެންނަވާނީ ހިންގަވާފައި ކަމަށް ޕީޕީއެމްއިން ބުނެފައި ވަނިކޮށެވެ.
އެމްޑީޕީ ހަރުގެ ހުންނަނީ ޔާމީންގެ ގެކޮޅު ހުންނަ ބޮޑުތަކުރުފާނު މަގުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް