ރާއްޖެއާއި 4066 ކިލޯމީޓަރު ދުރުން އިންޑޮނޭޝިޔާގެ ޖާވާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާގޮތުގައި އިންޑޮނޭޝިޔާގެ ޖާވާ ކައިރިއަށް އައިސްފައިވަނީ 6.6 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އެ ސަރަހައްދަށް އައިސްފައިވަނީ ރާއްޖޭ ގަޑިން މިރޭ 09:47ގައި ކަމުގައިވެސް މެޓް އޮފީހުން ބުނެފައި ވެ އެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް