ޕިކަޕެއް ކޮންޓްރޯލުން ނެއްޓި ރަސްފަންނު ދުވާ ޓްރެކުން ބޭރުވެއްޖެ

މާލޭގައި ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލުން ނެއްޓި، ރަސްފަންނު ދުވާ ޓްރެކުން ބޭރުވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެމުން މަންޒަރު ދުށް މީހަކު ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 03:05 ...

15 Dec 2017 | 11:03

މާލޭގައި ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލުން ނެއްޓި، ރަސްފަންނު ދުވާ ޓްރެކުން ބޭރުވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެމުން މަންޒަރު ދުށް މީހަކު ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 03:05 ހާއިރު ކަމަށާއި ކޮންޓްރޯލުން ނެއްޓި ދުވާ ޓްރެކުން ބޭރުވީ އެއީ ވާރޭވެހި ބިންމަތި ތެމިފައި އޮތް ވަގުތެއްކަމުގައިވުމުން ކަމުގައި ބެލެވޭ ކަމަށެވެ.

މިކަން ހިނގި އިރު އެ ޕިކަޕުގައި ތިބީ ދެ ދިވެހިން ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމުގައިވެސް ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް